Monday, November 16
އިމާރާތްކުރުމުގެ ދާއިރާއަށް ޚާއްޞަކޮށް ތަމްރީންތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެޑްވޮކޭޓްސް ފޮރ ވާރކާސް ސޭފްޓީ އެންޑް ރައިޓްސް (އޭޑަބްލިޔުއެސްއާރު) އާ ބައްދަލުކޮށްފިއެވެ. މިގޮތުން އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާއަށް ޚާއްޞަކޮށްގެން ހިންގާ އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޓްރެއިނިންގ ޕުރޮގުރާމުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ކަމަށެވެ. އަކީ މަސައްކަތުގެ މާހައުލުގައި ޞިއްޙަތާއި ރައްކާތެރިކަމުގެ މުހިންމު ކަމަށް ވަކާލާތުކޮށް، މަސައްކަތްތެރިންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމުޢިއްޔާ (އެންޖީއޯ) އެކެވެ. އާރުޑީސީ އަކީ އިމާރާތްކުރުމުގެ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏަކަށް ވާއިރު، މިއަދު ބޭއްވުނު ބައްދަލުވުމަކީ އެ ކުންފުންޏަށް ފައިދާހުރި މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމަކަށް ވާނެކަން ޔަޤީނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު