ސަރުކާރު ހިންގާ ކޯލިޝަނުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ވަކިވެއްޖެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
މިގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޯލިޝަނުން އެމްޑީއޭ ވަކިވީ ޚިޔާލު ތަފާތުވުންތަކެއް ދިމާވެގެން ކަމަށާއި، ސަރުކާރާއެކު މިހާރު އޮތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެކަނި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމަކުރައްވައިފައެއް ނުވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ސަރުކާރާއެކު ކޯލިޝަންގައި އޮތުމަށްފަހު، އެމްޑީއޭ އިން ރައީސް ޑރ. މުޢިއްޒަށް ތާއީދުކޮށް ޕީއެންސީ އާ ގުޅުނީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައެވެ.
ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭ އިން ވަނީ މިދިޔަ ފެބުރުވަރީ މަހުވެސް ބުނެފައެވެ. އެ ޕާޓީން ވަނީ ކޯލިޝަނުގައި އޮތް އިރުވެސް ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައިފައެވެ.
މި ލިޔުން ކިޔާލުމުން