Monday, November 16
ރައީސް އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން އެންތަނީ އެލްބަނީސް އަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. މިގޮތުން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އެންތަނީ އެލްބަނީސް އިންތިޚާބުވެވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ދަންނަވައިފައެވެ. އަދި އެކަމުން ދައްކުވައިދެނީ ބޮޑުވަޒީރުކަމުގެ ލީޑަރޝިޕަށް އޮސްޓްރޭލިއާގެ ރައްޔިތުން ކުރާ އިތުބާރު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖެއާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގައި އެންތަނީ އެލްބަނީސް އާ ގުޅިގެން މަސައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު