Monday, November 16
ނުގަވާއިދުން އުޅެމުންދިޔަ ހަތަރު ބިދޭސީއަކު ހީނާމާގެ ޕާކިންގ ސަރަޙައްދުން އަތުލައިގެންފި
މާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ. އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ ހީނާމާގެ ޕާކިންގ ސަރަޙައްދުގައި އިއްޔެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ 11 ބިދޭސީން ބަލައި ފާސްކޮށް، އޭގެތެރެއިން 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތުން އެޕްރީލް 28 ވަނަ ދުވަހު މާލޭގެ ޒިކުރާ މިސްކިތް އަދި ބޮނޑިބަތް ޕާކު ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ 35 ބިދޭސީއަކު ޗެކްކޮށް އޭގެތެރެއިން 13 ބިދޭސީއަކު އަތުލައިގެންފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު