އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު ހޯދަން އަނެއްކާވެސް އިޢުލާންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެ ވުޒާރާއަށް ޕަރމަނަންޓް ސެކްރެޓަރީއަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންވާނެއެވެ. ނުވަތަ އެ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 20،500ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. ހިމެނޭހެން ޖުމުލަ 35،500ރ. ލިބޭނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 22 މޭ 2025 ގެ 14:00 ގެ ނިޔަލަށެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި އެންމެ ފހަުން ހުންނެވީ ޒައުފިޝާން ޢަބްދުﷲ ކަމާލުއްދީނެވެ. 19 އޭޕްރީލް 2020 ގައި އެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ޒައުފިޝާނަކީ 2002 އިން 2020 އާ ދެމެދު ޞިއްޙީ ދާއިރާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޒައުފިޝާން ވަނީ އައިޖީއެމްއެޗްގެ ހިއުމަން ރިސޯސް ޑިރެކްޓަރ މަޤާމުވެސް އަދާކުރައްވައިފައެވެ. ޒައުފިޝާން ވަނީ ނަރސިންގ ދާއިރާއިން ޑިޕްލޮމާއާއި ބެޗްލަރސް ޑިގްރީ ހާސިލުކުރައްވައި، ހެލްތު ސަރވިސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީވެސް ހާސިލުކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން