Monday, November 2
އެމަނިކުފާނާ ބެހޭގޮތުން ޔާމީންގުޅޭ ގޮތުން ދޮގު ވާހަކަ ދައްކާތީވެ ވަރަށް ދެރަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

އެމަނިކުފާނާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޮގު ވާހަކަ ދައްކަވާތީ އެކަމާމެދު ދެރަވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔާމީންގެ ޝަރީއަތަށް ރައީސް މުއިއްޒު ނުފޫޒު ފޯރުވާކަމަށް ބުނެ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އެއްވެސް އިރެއްގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، އެއީ އެމަނިކުފާނުގެ ޝަމީރު ގަބޫލުނުކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑެއް ނުފޫޒެއް ނުފޯރުވާން ރައީސް ޔާމީންގެ ކޭސްއަކަށް، އެހެން އެއްވެސް މީހެއްގެ ކޭސްއަކަށް" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީނަކީ އެމަނިކުފާނު ވަރަށް ބޮޑަށް އިހުތިރާމްކުރައްވާ ބޭފުޅެކެވެ. އަދި ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާއެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެންމެ ފުރަތަމަ އެދިވަޑައިގެންނެވީ ޔާމީން މިނިވަންކޮށްދެއްވުމަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ޖުޑިޝަރީގައި ނުހުންނާނެ އެއްވެސް ފަނޑިޔާރެއް ގާޒީއެއް ވިދާޅުވާން ކެރޭނެ އަޅުގަނޑު ނުފޫޒު ފޯރުވި ކަމަށް، އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑާ ބެހޭ ގޮތުން ދޮގު ވާހަކަ ދައްކާތީވެ އެމަނިކުފާނު ވެސް [ޔާމީން] އެމަނިކުފާނު ކައިރީ ތިއްބަވާ ބޭފުޅުންވެސް" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފުއްގިރި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން، އެއްވެސް މައްސަލައެއްގައި ޕީޖީއަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، ޕީޖީ އޮފީހަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަކީ އެމަނިކުފާނުގެ އެދުމެއް ކަމުގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު