Monday, November 2
މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރާނެ: ރައީސް

މި ސަރުކާރުން ފައިސާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނެ ވާދަވެރީންނާއި ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "ފައިސާ ޗާޕުކުރުމުގެ ކަމެއް ކުރާކަށް ސަރުކާރަކުން އަދި އެމްއެމްއޭ އަކުން ވެސް ނުނިންމާ. އަދި ކުރިއަށް އޮތްތާގަ ވެސް ނުނިންމާނެ. މި ސަރުކާރުން މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރާނެ" ކަމަށެވެ.

މިއަދު ހެނދުނުން ފެށިގެން މިރެއާ ހަމައަށް އެތައް ގަޑިއިރެއް ވަންދެން ގެންދެވުނު މި ބައްދަލުވުމުގައި، އެމްއެމްއޭއާއި ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމްއެމްއޭ އިން ހުޅުމާލެއިން ބޮޑު ބިމެއް ގަނެ، އެތައް ބިލިއަން ރުފިޔާއެއް އިޤްތިޞާދުގެ ތެރެއަށް ދައުރުކުރުވުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ވެސް ރައީސް މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު