Monday, November 2
އައިޖީއެމްއެޗްގައި 2 ޝިފްޓެއްގައި ސްޕެޝަލައިޒް އޯޕީޑީތަކެއް ހިންގަން މަޝްވަރާ ކުރަމުން ދަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ރަސްމީ އޯޕީޑީގެ ގަޑިތައް ނިމުމަށްފަހު، ޑޮކްޓަރުންގެ އޮފް ގަޑީގައި ރޭގަނޑު ސްޕެޝަލައިޒް އޯޕީޑީތަކެއް ހިންގުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ގިނަ ޑޮކްޓަރުން ޕްރައިވެޓް ކްލިނިކްތަކަށް ގޮސް އަމިއްލަ ވިޔަފާރީގެ ގޮތުގައި ބަލިމީހުން ބަލަމުންދާ ކަމަށެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ޑޮކްޓަރުންގެ އޮފް ގަޑިތަކުގައި އައިޖީއެމްއެޗަށް އައިސް ކްލިނިކް ހިންގާ ގޮތަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ސްޕެޝަލިސްޓް ޑޮކްޓަރުން ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކަށް ދަނީ އެ ތަންތަނުން ލިބޭ އާމްދަނީ ބޮޑުވުމުގެ ސަބަބުންނެވެ. ސަރުކާރުން ވެސް ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްދީ ޕޭ ހާމަނައިޒްކޮށްފައިވާ ކަމަށާއި، ނަމަވެސް މި ދާއިރާގައި ވަރަށް ބޮޑަށް ވާދަވެރިކަން އޮންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެބަ މަޝްވަރާކުރަން އައިޖީއެމްއެޗްގައި އޮޕަރޭޝަންތައް ހެދީމަ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން އެބަ ލިބޭ ކޮންމެ ސާޖަރީއަކުން ޕަސެންޓޭޖެއް ނުވަތަ އާމްދަނީއެއް. އެކަހަލަ ކަމެއް ކުރުމަށް ވެސް މަޝްވަރާކުރަން. އޭރުން ޕްރައިވެޓް ތަންތަނަށް ނުގޮސް އައިޖީއެމްއެޗްގައި ސާޖަރީ ހިންގުމަށް ވެސް އޯޕީޑީ ހިންގުމަށް ތިބޭނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު