Monday, November 2
އަލިފާނުގެ ހާދިސާ ހިނގި ބިމުގައި މަލްޓި ޔޫސް ކޮމްޕްލެކްސެއް އަޅަނީ

މިދިޔަ އަހަރުގެ ފަހުކޮޅު އަލިފާނުގެ ހާދިސާ ހިނގި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު ހާމަކުރެއްވީ މިއަދު ހެނދުނުން ފަށައިގެން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އަމީނީ މަގުގައި ހުންނަ ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުން އައި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ބިމުގައި މި އައު އިމާރާތް އެޅުމަށް ވަނީ ނިންމާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސް އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"އެތަން ތަރައްޤީ ކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަންވެސް ކުރިއަށް ގެންދެވޭނެ ގޮތަށް، އެ ސަރަޙައްދަށް ތަރައްޤީއެއް ގެނެވޭނެ." ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކުރައްވާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި އަނދާފައިވާ އިމާރާތްތަކަކީ އޭރު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި އިމާރާތްކުރުމާއި ބިނާވާ ބެހޭ ވުޒާރާ ހިންގަމުންދިޔަ އިމާރާތްތަކެވެ. މީގެ އިތުރުން، ޖެހިގެން ހުންނަ ގްރީން ބިލްޑިންގައިވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވެފައިވެއެވެ. މި އިމާރާތަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އައި އިމާރާތެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު