Saturday, October 31
ވަޒީރު އިހުސާން ކޮރަޕްޝަން ހިންގާ ކަމަށް ޝައްމާން އަންގާފައެއް ނެތް؛ ރައީސް

ހޯމް މިނިސްޓަރު އަލީ އިހްސާން ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމަށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ދެންނެވި ކަމަށް ބުނެ ދައްކަވާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު މި ވާހަކަ ދެއްކެވީ، ހޯމް މިނިސްޓަރު އިހްސާން ކޮރަޕްޝަން ހިންގަވާ ކަމަށް ބުނެ އެ ވާހަކަ ރައީސްއާ ޝަމްއާނު ހިއްސާކުރި ކަމަށް ބުނާ ވާހަކައަކީ ތެދެއްތޯ އާއި، އެ ވާހަކަ ހިއްސާކުރުމުން ޖަވާބުގައި "ލޯޔަލް" ވުމަކީ އެއީ ކަމަށް ރައީސް ޝަމްއާނަށް މެސެޖު ކުރައްވާ ދެންނެވި ކަމަށް ބުނާ ވާހަކައަކީ ތެދެއްތޯ ސުވާލު ކުރުމުންނެވެ.

"ތި ދެ ވާހަކަވެސް ދޮގު. އަޅުގަނޑު ގާތު ވިދާޅެއްވެސް ނުވޭ އަދި އަޅުގަނޑު އެކަހަލަ ވާހަކައެއްް ނުވެސް ދަންނަވަން ޝަމްއާނަކަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، "އެއީކީ މިނިސްޓަރު އިހްސާންކުރި ކަމެއް ނޫނިއްޔާ އެހެން ބޭފުޅަކު ކުރިކަމެއް ފަޅާއަރުވާލަފާނެތީ އެއް އެ ބޭފުޅުން އެ ވިދާޅުވާ ގޮތައް އަޅުގަނޑުމެން ކުރި ކަމެއް އެއަކު ނެތް" ކަމަށެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ މުވައްސަސާތަކުގެ އިތުބާރު ދެމެހެއްޓުން ކަމަށާއި، އެތަންތަނަށް އެމަނިކުފާނު އައްޔަން ކުރައްވާ އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ޝަމްއާނުގެ މައްސަލައިގައިވެސް ފެނިގެން ދިޔައީ އެ މަންޒަރު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ޝަމްއާން ކުރަމުންދިޔަ ކަންތައް ހެކިތަކާއެކު ފެނުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު