Monday, November 2
ޓެކްސީ ލައިން ތަޢާރަފު ކުރަން ރައްޔިތުންގެ 80އިން ސައްތަ ތާއީދު ކުރާނެ

މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު މި ވާހަކަ ދެއްކެވީ، ސަރުކާރުން ޓެކްސީ ލައިން ތަޢާރަފު ކުރުމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެސޯސިއޭޝަންގެ ކަންބޮޑުވުން އޮތް ކަމަށް ބުނެ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ޓެކްސީ ލައިން ތަޢާރަފު ކުފު ކުރުމުގެ ބޭނުމަކީ ވާދަވެރިކަން އުފެއްދުމެއް ނޫނެވެ. އޭގެ ބަދަލުގައި މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ޓެކްސީ ޑްރައިވަރުންނަށް ވެސް މީގެ ފައިދާ ކުރާނެ ކަމަށް އެމަނިކުފާނު ވިދު ވިދާޅުވިއެވެ. އަދި ޓެކްސީ ލައިންގެ ތެރެއިން ގިނަ ޑްރައިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުން ބޭނުންވަނީ ހަރުދަނާ ޓެކްސީ ނިޒާމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިހާރުވެސް ޓެކްސީ ލައިން ތަޢާރަފު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގައިފިނަމަ، 80 އިންސައްތަ ރައްޔިތުން މިކަމަށް ތާއީދުކުރާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑަށް ޔަގީން ވޯޓެއް ނެގިޔަސް 80 ޕަސެންޓް ރައްޔިތުން ތާއީދު ކުރާނެ" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ތިމާވެށްޓާ ރައްޓެހި އަދި ސާފު އުޅަނދުތަކެއް ގެނެސް، ފަސޭހަ އަދި ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ޚިދުމަތެއް ފެށުމަކީ ރައްޔިތުންނާއި މުޖުތަމަޢުއަށް ފައިދާކުރާނެ ކަމެއް ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު