Monday, November 2
މި އަހަރު ތެރޭގައި މާލެއާއި ވިލިމާލޭގެ މަގުތައް ހަދަން ފެށޭނެ: ރައީސް

މާލެއާއި ވިލިމާލޭގެ މަގުތައް މި އަހަރުތެރޭ ހެދެން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހައުސިންގ މައްސަލައިގެ ފަހުން ރައްޔިތުންނަށް އެންމެ އުނދަގޫވަނީ މަގުތަކުގެ މައްސަލަތައް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދާނީ ޗައިނާގެ އެހީގައެވެ. މިހާރު ވަނީ މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފީސިބިލިޓީ ސްޓަޑީ ނިންމައި ރިޕޯޓް ހުށަހަޅާފައެވެ. އަދި ދެން އަންނަ މަރުހަލާގައި ޗައިނާގެ ފަރާތްތައް ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގެން ބޭރުން އެ ސްކޯޕްގަ ނުހިމޭނޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު މިހާރު ތާރު އަޅާފަ އޮތް ހިސާބުން ފެށިގެން އެމްއެމްއޭ އާ ހަމަޔަށް ތާރު އެޅުމުގެ މަސައްކަތް. އެބައި މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ،" ރައީސް ވިދާޅުވިއެވެ. އަދި ސަރވޭގެ މަސައްކަތް ނިމުމުން މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭތޯ ބަލަމުންދާ ކަމަށާއި، ބޭރުމަގު ތާރު އަޅައި ބައި ފުޅާވެ، ދެ ލޭނު އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ރައީސް މުޢިއްޒު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މި މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު