މާލީ މިނިވަންކަން ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް 27.98 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މީޑިއާގެ މާލީ މިނިވަންކަން ހޯދައިދިނުމަށްޓަކައި ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމުގެ އިތުރުން މީޑިއާ ވިލެޖެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ މެނިފެސްޓޯގައި ވެފައިވާ ވަޢުދުތައް ފުއްދުމަށްކަމަށާއި އެމަސައްކަތް ކުރުމުގައި ދެމިހުންނާނެކަމަށް ނޫސްވެރިންނަށްވަނީ ޔަގީންކަން އަރުވާފައެވެ.
މި ލިޔުން ކިޔާލުމުން