Monday, November 2
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް މިހާރަކު ނޯންނާނެ: ރައީސް

ކުރީގެ ސަރުކާރުތަކުން ރާއްޖެއާއި އެހެނިހެން ގައުމުތަކާ ދެމެދު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މިހާރަކު ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި އެއްބަސްވުންތައް ހާމަކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި އެއްބަސްވުންތައް ހާމަކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެއްބަސްވުންތަކުގައި ހިމެނޭ "ކޮންފިޑެންޝަލް ކްލައުސް" ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އޭގަ ހުރެގެނެއް ނޫން. އެއީ އަޅުގަނޑުގެ ވައުދު ފުއްދުމަށްޓަކައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެއްބަސްވުންތައް ހާމަކުރުމަށްޓަކައި ކަމާގުޅޭ ގައުމުތަކާއެކު ބައިލެޓްރަލް މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި އެއްބަސްވުންތައް ހާމަކުރުމަށް މަސައްކަތް ކުރަމުންދަނީ އެއީ ރިޔާސީ ވައުދުފުޅެއް ކަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 2023 ވަނަ އަހަރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީގެ ސަރުކާރުތަކުން އިންޑިއާއާއެކު ވެފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރައްވާނެ ކަމުގެ ވައުދުފުޅާ އެކުގައެވެ. އެހެންނަމަވެސް، އެއްބަސްވުންތަކުގައި ހިމެނޭ ސިއްރު ބެހެއްޓުމުގެ މާއްދާތަކުގެ ސަބަބުން، އެ އެއްބަސްވުންތައް ވެފައިވާ ގައުމުތަކުން ހުއްދަ ނުދޭތީ އަދިވެސް އެ އެއްބަސްވުންތައް ހާމަނުކުރެވި ވަނީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު