މި ސަރުކާރު ހަވާލުވި ފަހުން މަސްވެރިންނަށް 1.59 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ 10 ޑިސެންބަރުން ފެށިގެން މެދުނުކެނޑި، ހަމަ އެންމެ ދުވަހެއްވެސް މެދުނުކެނޑި، ބަންދު ދުވަހެއް ދިޔަޔަސް އެއްވެސް މުއްދަތެއްގައި މެދުނުކެނޑި، ބަރާބަރަށް 48 ގަޑިއިރުތެރޭ މަސްވެރީންނަށް ފައިސާ ދެމުން އަންނަކަމަށެވެ.
އެކަމުގެ ސަބަބުން މަސްވެރިންނަށް ވެސް ކުރިއެރުން ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
''މިދިޔަ ޑިސެންބަރު 10 އިން ފެށިގެން މެދުނުކެނޑި ފައިސާ ދެވެމުންދާތީ، އެ ޔަޤީންކަން މަސްވެރިންނަށް ލިބެން ފެށީމާ އިރާދަކުރެއްވީތީ އާރޯކަން އެބައާދޭ މަސްވެރިކަމުގެ އިންޑަސްޓްރީއަށް. މަސްވެރިކަމުގެ އިންޑަސްޓްރީއަށް އިންވެސްޓްކުރަން މިހާރު ފަށައިފި. އަމިއްލަ މަސްވެރިން، ކެޔޮޅުން، ދޯނިތައް ބަންނަން ފަށައިފި. ކުރިން ދޯނިތައް ދޫކޮށް އެހެން ވަޒީފާތަކަސް ދިޔަ ކުދިން އަލުން ދޯނިތަކަށް އަނބުރާ އަންނަން ފަށައިފި'' ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން