Friday, November 13
ސުލްހަވެރި އެއްވުން ބޭއްވުމަށް 4 ސަރަހައްދެއް ކަނޑައަޅައިފި

މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްފި އެވެ.

ހޯމް މިނިސްޓްރީންބުނީ މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއްކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ހަތަރު ތަނެއް ކަނޑައަޅާފައިވާކަމަށެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި، އެ ބަދަލާ އެކު ކާނިވާ ސަރަހައްދުން އިތުރު ތިން ތަނެއްގައި، ފުލުހުންގެ ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ އެވެ. އެއީ، ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު