Monday, November 9
ދ އަތޮޅުގައި މިއަހަރު ދެވަނަ ކަނދުފަތި އަޅަައިފި

ފިޝަރީޒް މިނިސްޓްރީީން ދ މާދެލި ބޭރުގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.

މިއީ މިއަހަރު ތެރޭ ދ އަތޮޅުގައި އެޅުނު ސްޕޯޓްސް ފިޝިންއަށް ހާއްސަ ދެވަނަ ކަނދުފައްޗެވެ.

މިފަހަރު އެޅި ކަނދުފަތި އަޅާފައިވަނީ ދ. މާދެލި ހުޅަނގުން 6 މޭލު ބޭރުގައެވެ. މި ކަނދުފަތި ނަންބަރަކީ K08V02 އެވެ. މީގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހު ދ. މީދޫ އިރުން 5.5 މޭލު ބޭރުގައިވެސް ވަނީ ކަނދުފައްޗެއް ގާއިމުކޮށްފަ އެވެ. އެކަނދުފަތީގެ ނަންބަރަކީ K09V02 އެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު