Monday, November 2
ޖަވާބުދާރީ ވާން މިނިސްޓަރ އަމީނަށް ނޯޓިސް ފޮނުވައިފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާތީ ޖަވާބުދާރީވުމަށް މަޖިލީހުގެ އިދާރާ އިން ނޯޓިސް ފޮނުވައިފި އެވެ.

މިނިސްޓަރ އަށް ނޯޓިސް ފޮނުވީ ބުދަ ދުވަހު އެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގައި އަމީންގެ އާއިލީ ބަޔަކު ހިމެނޭތީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާ އަށް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުމުން އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މިނިސްޓަރަކަށް މަޖިލިހުގެ އިދާރާ އިން ނޯޓިސް ފޮނުވަން ޖެހެ އެވެ. އެގޮތުން މައްސަލައިގައި އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެެވެ.

އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ  މިދިޔަ މަހުގެ 27 ގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު