މަރކް ފައުންޑޭޝަންގެ އިސްވެރިން މިއަދު ހެލްތު މިނިސްޓަރ އަދި އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައިދަރިމައިވުމުގެ ފަރުވާއާއި ކެންސަރުގެ ފަރުވާ އަދި ޑޮކްޓަރުންނާއި ނަރުހުންނަށް ސްކޮލަރޝިޕް ހޯދުމާއި ތަމްރީން ފޯރުކޮށް ދިނުމާއި ގުޅޭގޮތުން ވަނީ މަޝަވަރާކޮށްފައެވއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް ގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން މަރކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ. މެރކް ކޭ.ޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި މެރކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް ބައިވެރިވަޑައިގެންނެވިއެވެ.
މަރކް ފައުންޑޭޝަނުން ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމާ ގުޅޭގޮތުން އެ ފައުންޑޭޝަންގެ މަންދޫބުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދާ މަޝްވަރާކުރައްވައިފައެވެ.
އެގޮތުން ވަކި ދާއިރާތަކުން ޚާއްޞަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރައްވައި ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން