Friday, November 13
ޝަހީމް އަދާލަތު ޕާޓީއަށް ސޮއިކުރައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އަދާލަތު ޕާޓީއަށް އަލުން ސޮއިކުރައްވައިފި އެވެ.

"މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝަހީމް އެ ޕާޓީގައި 12 އަހަރު ވަންދެން އުޅުއްވި އެވެ. އަދާލަތު ޕާޓީގެ ސްލޮޓުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ.

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވައި، މި އަހަރުގެ ފަހުކޮޅު ބާއްވާ އެ ޕާޓީގެ ރައީސްގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޝަހީމް ހާމަކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެއާއި އެކު އެޕާޓީގެ ބައެއް އިސްވެރިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު