Saturday, October 31
ރާއްޖޭގައި ބާރަ ހާހާއި ގާތްކުރާ އަދަދަކަށް ހެލްތު ޕްރޮފެޝަނަލް މަސައްކަތް އެބަކުރޭ: މިނިސްޓްރީ

ރާއްޖޭގައި މިވަގުތު ބާރަހާހަށް ވުރެ ގިނަ ޞިއްހީ ދާއިރާގެ ޚާއްޞަ ތަމްރީން ލިބިފައި ތިބި ޕްރޮފެޝަނަލް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ޖުމުލަ 11955 ހެލްތު ޕްރޮފެޝަނަލްސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މީގެ ތެރެއިން އަންހެނުން ހިއްސާކުރަނީ 66 އިން ސައްތައެވެ. 34 އިން ސައްތަ ހިއްސާކުރަނީ ފިރިހެނުންނެވެ. އޭގެ ތެރެއިން 16 އިންސައްތަ ހިއްސާކުރަނީ ޕްރައިވެޓް ސެކްޓަރ އެވެ. އަދި ޕްބްލިކް ސެކްޓަރ ގައި84 އިންސައްތަ މަސައްކަތް ކުރެއެވެ.

މީގެތެރެއިން58 އިންސައްތަ މީހުން މަސައްކަތް ކުރަމުން އަންނަނީ އަތޮޅުތަކުގައެވެ.42 އިންސައްތަ މީހުން މަސައްކަތް ކުރަނީ މާލޭގައެވެ.

ހެލްތު ޕްރޮފެޝަނަލްސް ނިސްބަތްވާ ދާއިރާތަކުގެ ތެރޭގައި އެލައިޑް ހެލްތު ޕްރޮފެޝަނަލްސް، މެނޭޖްމަންޓް،މެޑިކަލް އެންޑް ޑެންޓަލް އަދި ނަރުހުން ހިމެނެއެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު