ދިވެހީން ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް.
މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން! pic.twitter.com/2wfff1xXsG— Dr Mohamed Muizzu (@MMuizzu) May 2, 2025
މިގޮތުން އެމަނިކުފާނު ވިދާޅުވީ ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.
"މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން!"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ވަރލްޑް ޓޫނާ ޑޭގެ ގޮތުގައި ފާހަގަކުރަނީ މޭ މަހުގެ 2 ވަނަ ދުވަހެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ ކަނޑުތަކުން އާދަޔާ ޚިލާފަށް ގިނައިން ކުރެވޭ މަސްވެރިކަމުގެ ސަބަބުން، ކަނޑުމަހުގެ އާބާދީ ދަށްވުމުންދާ ދިއުމަށް ޙައްލު ހޯދުމަށް މަސައްކަތްކުރުމެވެ.
މި ލިޔުން ކިޔާލުމުން