Saturday, October 31
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ ޒުވާނުން ޝަރުތަކާ ނުލައި މިނިވަންކުރުމަށް އެމްޑީޕީން ގޮވާލައިފި

ޒުވާނުންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މަލޭގައި ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުންދާ ޒުވަނުްނގެ ތެރެއިން އެ މުޒާހަރާތައް ލީޑްކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ދެ ޒުވާނުން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވާލައިފައެވެ.

އެގޮތުން ޢާއިޝަތު ޝިމަން އަޙްމަދާއި ޢަބްދުﷲ މަޙްޒޫމް މާޖިދު ހައްޔަރު ކުރުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ އިތުރުން ޒުވާނުންގެ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެް ދިނުމެއް ނެތި ޕެޕާ ސްޕްރޭ ޖެހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

"އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤެއް ކަމަށްވާއިރު އެ ޙައްޤުގެ ބޭނުންކޮށް ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ކުރަމުންދާ މުޒާހަރާތައް އަނިޔާވެރިކަމާއެކު ރޫޅައިލުމަކީ ސަރުކާރަށް ގޮތް ހުސްވެ، ހެއްދެވި ބޮޑު ގޯހެއް"، އެ ބަޔާނުގައި ވެއެވެ.

މިގޮތުން އެމްޑީޕީން ވަނީ ޒުވާނުންގެ މުޒާހަރާތަކަށް ފުރުޞަތު ދީ ފުލުހުން ބޭނުންކޮށްގެން އެ މުޒާހަރާތައް ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު