Monday, November 2
ބެޓަލް އޮފް ދަ ބޭންޑް އިންޓަރނޭޝަނަލްގެ ސެމީ ފައިނަލަށް ރާއްޖޭގެ "ޓޫ އޮފް އަސް" ކޮލިފައިވެއްޖެ

އިންޑިއާގައި ކުރިއަށްދާ ބައިނަލްއަޤްވާމީ މިޔުޒިކް ބޭންޑުތަކުގެ މުބާރާތް "ބެޓަލް އޮފް ދަ ބޭންޑް އިންޓަރނޭޝަނަލް" ގެ ސެމީ ފައިނަލަށް ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑު ކޮލިފައިވެއްޖެއެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ "ޓޫ އޮފް އަސް" ބޭންޑުން ދަނީ ކުޅަދާނަ ހުށަހެޅުންތަކާއި ހަރަކާތްތަކެއް ދައްކަމުންނެވެ.

މިހާތަނަށް އެ ބޭންޑުން މުބާރާތުގައި ޕަރފޯމްކޮށްފައިވާ ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިންގެ، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ. ސެމީ ފައިނަލަށް ކޮލިފައިވުމާ ގުޅިގެން "ޓޫ އޮފް އަސް" ބޭންޑުން ބުނެފައިވަނީ މި ކާމިޔާބީގައި ދިވެހި އެންމެހާ ރައްޔިތުން ޝާމިލުވާ ކަމަށެވެ.

މި މުބާރާތުގައި ޖުމްލަ 12 ބޭންޑެއް ވާދަކުރާއިރު، އެލިމިނޭޝަން ރައުންޑުގައި ވާދަކުރި 12 ބޭންޑުގެ ތެރެއިން ސެމީ ފައިނަލަށް ގޮސްފައިވަނީ 6 ޓީމެވެ. އޭގެ ތެރޭގައި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑުވެސް ހިމެނެއެވެ. މުބާރާތުގެ ސެމީ ފައިނަލުން އެއް ބޭންޑު ކަޓާއިރު ފައިނަލުގައި 5 ބޭންޑު ވާދަކުރާނެއެވެ. މެއި 2 ވަނަ ދުވަހު އޮންނަ ފައިނަލުގައި މި ބޭންޑުތަކުގެ ތެރެއިން އެންމެ މޮޅު ތިން ބޭންޑު ހޮވާނެއެވެ.

"ޓޫ އޮފް އަސް" ބޭންޑުން ބުނެފައިވަނީ އެ ބޭންޑުން އޮތީ ކޮންމެ ކަމަކަށްވެސް ތައްޔާރަށް ކަމަށެވެ. އަދި އަހަރުތަކެއްގެ ބުރަ މަސައްކަތްތަކަކާއެކު ރާއްޖެއަށް ތާރީޚީ މޮޅެއް ހޯދައިދިނުމަކީ އެ ބޭންޑުގެ އަމާޒު ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު