Monday, November 2
މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މާލޭގައި ހިނގާލުމެއް ބާއްވައިފި

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމުގައި ރާއްޖޭގެ އެކި ސިނާއަތްތައް ތަމްސީލުކުރާ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވިއެވެ.

ހިނގާލުން ފުރަތަމަ ރޭވިފައި އޮތީ ރަސްފަންނު ސަރަހައްދުން ފަށައި މަޖީދީ މަގުން އިރަށްގޮސް އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ. ނަމަވެސް، ހިނގާލުން ފެށުމާއެކު ފުލުހުން ވަނީ ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބެރިކޭޑު ޖަހައި، އެ މަގުން ހިނގާލުން ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފައެވެ. އެހެންނަމަވެސް، ފުލުހުން ވަނީ އަމީނީ މަގުން ހިނގާލުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީފައެވެ.

ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ މަސައްކަތްތެރިންނަށް އަދުލު އިންސާފު ނުލިބޭ ކަމަށް ބުނެ އަޑުއުފުލާފައެވެ. މީގެ ތެރޭގައި "ސަރުކާރުން ޓެކްސީ ޑްރައިވަރުން ނިކަމެތިކޮށްލާފައިވާ" ކަމަށް ބުނެ ޑްރައިވަރުންގެ އެސޯސިއޭޝަނުން ކުރި އިހުތިޖާޖުވެސް ހިމެނެއެވެ.

މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި 1 ވަނަ ދުވަހު ދުނިޔޭގެ އެކި ޤައުމުތަކުގައި ފާހަގަކުރާ ދުވަހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު