Monday, November 2
އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ!

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ)ގައި ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައިޖީއެމްއެޗްއިން އެކްސްޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުން، އެންއައިސީޔޫގައި ފަރުވާ ދެމުންދާ ބައެއް ކުދިންގެ ގައިން މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވެއެވެ.

ހޮސްޕިޓަލުން ބުނީ އެކަން ފާހަގަވުމާއެކު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެ ގޮތުން ކުދީންގެ ރައްކާތެރިކަމާއި ބެކްޓީރިއާ އިތުރަށް ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

https://twitter.com/igmhmv/status/1917911085316993245?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1917911085316993245%‎7Ctwgr%5E690ad112bc1309857f06b7f865f1c19d4c8e9b5b%7Ctwcon%5Es1_&ref_url=https%3A%2F%2Fvoice.mv%2F40082

އައިޖީއެމްއެޗްއިން އިތުރަށް ބުނެފައިވަނީ މިހާތަނަށް އެއްވެސް ކުއްޖަކަށް ނުވަތަ ޞިއްޙީ އެހީތެރިއަކަށް ނުރައްކާތެރި ޙާލަތެއް ދިމާވެފައި ނުވާ ކަމަށެވެ. އަދި މި ކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ޔަޤީންކަން ވެސް ދީފައިވެއެވެ.

"މި ކަމާ ގުޅޭ މަޢުލޫމާތުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނަން،" އައިޖީއެމްއެޗްގެ އެކްސްޕޯސްޓުގައި ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު