Monday, November 2
އިޤްތިޞާދު ނަގާ ކޮޅަށް ޖެހޭނީ މަސައްކަތްތެރިންގެ ހިތްވަރުން: މިނިސްޓަރ މާރިޔާ

ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުން ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިފަދައިން އެކަމަނާ ވިދާޅުވެފައިވަނީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

"އަހަރެމެންގެ ފަޚުރުވެރިވާ ފަދަ ޤައުމެއް ބިނާކުރެވޭނީ މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއެކު ކުރައްވާ ބުރަ މަސައްކަތުން" ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދަކީ ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ސިއްޙީ ދާއިރާ އަދި ތަޢުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރައްވާ އެންމެހާ މަސައްކަތްތެރިންނަށް ޚާއްޞަ ދުވަހެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަސްކަމުގައި ކަނޑައަޅައި، މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ވަޒީރު އިތުރަށް ވިދާޅުވީ، މިއަދަކީ މަސައްކަތްތެރިންނަށް ޚާއްޞަ ދުވަހެއް ކަމުން، އެންމެހާ މަސައްކަތްތެރިން މިއަދު އަރާމުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއީ މަސައްކަތްތެރިންނަށް ލިބިގެންވާ ޙައްޤެއް ކަމުގައިވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު