ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، ޖަމިއްޔަތުއް ސަލަފުގެ ދުޢާތުންގެ މަޖްލީސް އިފްތިތާހް ކޮށްދެއްވައިފިއެވެ. މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވުނު ޖަމްޢިއްޔަތުއްސަލަފުގެ އިލްމުވެރީންގެ އަހަރީ ބައްދަލުވުމުގެ ރަސްމިއްޔާތުގައެވެ
މި މަޖްލީހުގައި ޖުމްލަ 63 އިލްމުވެރީން ހިމެނިވަޑައިގަންނަވާއިރު، އޭގެ ތެރޭގައި ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ 10 އިލްމުވެރީން ވެސް ހިމެނިވަޑައިގަންނަވައެވެ. އިފްތިތާހީ ރަސްމިއްޔާތުގައި އިލްމުވެރީންގެ މަޢުލޫމާތު ހިމެނޭ ޚާއްޞަ ރިޕޯޓަކާއި، ޖަމްޢިއްޔަތުއްސަލަފުން ކުރަމުންދާ މަސައްކަތްތަކާއި ޖަމްޢިއްޔާ ހިންގަމުންދާ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ހިމެނޭ ރިޕޯޓެއް ވަނީ ހުށަހަޅާފައެވެ.
ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހަފްލާއަށްފަހު މިއަދާއި މާދަމާ "ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 1446-2025" ކުރިއަށްދާނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ދަރުސް ދިނުމުގެ ތަފާތު ހުނަރުތަކާއި ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ސެޝަންތަކެއް ކަމާބެހޭ ތަޖުރިބާކާރުން ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގައި ދިވެހިބަހުގެ ގަވާއިދާއި، ތަޤްރީރު ކުރުމުގެ ހުނަރުތައް އަދި އިމޯޝަނަލް އިންޓެލިޖެންސް ފަދަ ސެޝަންތަކުގެ އިތުރުން، އިލްމުވެރީންގެ އަމިއްލަ ތަޖުރިބާތަކާއި ދިވެހިރާއްޖޭގެ ދީނީ ހޭލުންތެރިކަމުގެ ތާރީޚާ ބެހޭ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްދާނެއެވެ. އަދި ދަޢުވަތުގެ މައިދާނުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުންވެސް ހިމެނެއެވެ.މްޢިއްޔަތުއްސަލަފަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެވެ.
މި ލިޔުން ކިޔާލުމުން