Monday, November 2
ރައްޔިތުންގެ އިތުބާރުލިބޭ ޚިދުމަތަކަށް ސިވިލް ސަރވިސް ހެދުމަށް އިލްތިމާސްކޮށްފި

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިއަދު ފޮނުއްވި ޚިޠާބެއްގައި، ސިވިލް ސަރވިސްއަކީ ރައްޔިތުން ބަލައިގަންނަ އިތުބާރުހިފޭ ޚިދުމަތަކަށް ހެދުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް އިލްތިމާސްކުރައްވައިފިއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތަކީ ވަރަށް ބޮޑު އުންމީދެއްކަމަށް ފާހަގަކުރައްވަމުން، "އުޖޫރައިގެ ހަމަހަމަކަން ޤާއިމްވެގެން ދިއުމަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ތަނަވަސްވާނެ މަގެއް" ކަމަށް ނާސިހް ވިދާޅުވިއެވެ.

ޚިދުމަތް ހޯދާ ފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތައް ސާފު، ސާދާ އަދި ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށާއި، މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތްކުރުމުގެ މުހިންމުކަން ކޮމިޝަންގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ބަދަލުތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅިގެން ޚިދުމަތުގެ މިންގަނޑުތައް މަތިވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކާ ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންދާކަމަށް ނާސިހް ވިދާޅުވިއެވެ. ދިވެހި ސިވިލް ސަރވިސްއަކީ ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޤާނޫނީގޮތުން އުފައްދާފައިވާ މުއައްސަސާއެއް ކަމަށްވެފައި، ދިވެހި މަސައްކަތްތެރިންގެ ބޮޑު ހިއްސާއެއް މި ދާއިރާގައި އޮތްކަންވެސް ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު