Friday, November 13
ފަވަރައިގެ ޚިދުމަތްތަކަށް ބުރޫ އަރައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަގެ ޚިދުމަތްތަކަށް ބުރޫއަރައިފިއެވެ. މިއަދު ހެނދުނު ފަވަރައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަވަރައިގެ ހުރިހާ ޚިދުމަތްތަކެއް މެދުކެނޑިފައިވާ ކަމަށާއި، ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފަވަރައިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. 26 އޮގަސްޓު 2023 ގައި އިފްތިތާޙްކުރި ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ނިޒާމު ވަނީ ޤާއިމްވެފައެވެ. މިވަގުތު ފަވަރައިގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު