Friday, November 13
މަސައްކަތްތެރިންނަކީ ގައުމު ތަރައްގީކޮށް ކުރިއެރުވުމުގެ މައި ތަނބު: މިނިސްޓަރ ހައިދަރު
މަސައްކަތްތެރިންނަކީ ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގެ މައި ތަނބުކަމަށާއި ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، ދުވެލި ބާރުވުމުގެ ފަހަތުގައިވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާޞްތެރި ބުރަ މަސައްކަތްކަމަށް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމަންޓް މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ މުޖުތަމަޢު ކުރިއަރުވައި، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީ މަސައްކަތްތެރިންކަމަށެވެ. މަސައްކަތްތެރިންނަކީ ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގެ މައި ތަނބުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވި ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، ދުވެލި ބާރުވުމުގެ ފަހަތުގައިވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާޞްތެރި ބުރަ މަސައްކަތްކަން ޤަބޫލު ކުރަންޖެހޭކަމަށެވެ. އަދި މުޖުތަމަޢު ކުރިއަރުވައި، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީ މަސައްކަތްތެރިންކަން ވެސް މިނިސްޓަރ ވިދާޅުވިއެވެ. މި އަހަރުގެ މަސައްކަތްތެރިންގެ ޝިޢާރަކީ "ރިވޮލިއުޝަނަލައިޒިންގ ސްކިލްސް އެންޑް ޓްރެއިނިންގ: ބިލްޑިންގ އަ ރެސިލިއަންޓް މޯލްޑިވްސް ވޯކްފޯސް ފޮރ އިންކްލޫސިވް އިކޮނޮމިކް ގްރޯތް" އެވެ. މި ޝިއާރަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވަނީ މި ޝިޢާރުން ހާމަކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް މަސައްކަތުގެ މައިދާނުގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، "އެންމެންނަށް ވަޒީފާ" މި ސިޔާސަތުގެ ދަށުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު