Saturday, October 31
ބޮޑުފޮޅުދޫގައި އައު އިންޖީނުގޭގެ ބިންގާ އަޅައިފި
އއ. ބޮޑުފޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި، ރައްޔިތުންގެ މަޖިލީހުގެ މަތިވެރިދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއެވެ. ބޮޑުފުޅަދޫގައި ހުންނަ އިންޖީނުގެއަކީ ވަރަށް ދުވަސްވީ އަދި ޖާގައިގެ ގޮތުން ކުޑަ އިމާރާތެކެވެ. މީގެ އިތުރުން އެ އިންޖީނުގެ ހުންނަނީ ސްކޫލާއި ވަރަށް ކައިރީގައެވެ. އެހެންކަމުން އެކަމުގެ ތަކުލީފު ރައްޔިތުން އުފުލާތާ އެތައް އަހަރެއް ވެއްޖެއެވެ. ސްޓެލްކޯ އިން ބުނީ އެކަމުގެ އެ ކުންފުނީގެ އުއްމީދަކީ ޕަވަރހައުސް އަވަހަށް ނިންމާ ރީލޮކޭޓްކުރުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު