Monday, November 2
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރުނު މައްސަލާގައި ރާއްޖޭގެ ބަޔާން މާދަމާ ހުށައަޅަން ހަމަޖެހިއްޖެ

އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކާ ގުޅޭ މައްސަލާގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވާ ބަޔާން މާދަމާ ހުށަހެޅުމަށް ހަމަޖެހިއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައަކީ އިސްރާއީލުގެ ބާރުގެ ދަށުގައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލްގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލަ އައިސީޖޭއަށް ހުށަހެޅުނީ، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއެޅުމާއި، ޔޫއެންޑީއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލުމަށް އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމާ ގުޅިގެންނެވެ. އަދި ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އިސްރާއީލުން ހަމަލާތައް ދެމުންދާތީ، އެ ޤައުމުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭގެ ލަފާ ހޯދުމަށް އދ. ގެ އާންމު މަޖިލީހުން 2023 ވަނަ އަހަރުގެ ޑިސެމްބަރު 19 ގައި ވަނީ ފާސްކޮށްފައެވެ.

މި މައްސަލާގައި ރާއްޖެއިން ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ލިޔުމުން ބަޔާނެއް ހުށަހަޅާފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް އެންމެ ހަރުއަޑުން ގޮވާލާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، ބައިނަލްއަޤްވާމީ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން އެ ގޮވާލުން ދަނީ ތަކުރާރުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު