Friday, November 13
ސްކޫލް ގަޑީގައި ޓީޗަރުންގެ ގޭޓުން ދުވެފައި ނިކުތް ވަރަށް ހަގު ކުއްޖަކު ހޯދައިފި
ހުޅުމާލޭ ސްކޫލެއްގައި، ކީ-ސްޓޭޖް އެކެއްގެ ދަރިވަރަކު ކިޔަވާ ގަޑީގައި ސްކޫލުން ނިކުތުމުން، ފުލުހުންގެ އެހީތެރިކަމާއެކު އެ ކުއްޖާ ހޯދައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުދައްރިސުން ބޭނުންކުރާ ގޭޓުން އެ ކުއްޖާ ނުކުމެގެން، ސްކޫލް ނެއިބަހުޑްގެ ތެރެއަށް ދިޔަކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެ މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓުމެންޓުތަކުގެ ސަމާލުކަމަށް މި ކަން އައިސް، މިނިސްޓަރަށް އެ ކަން ރިޕޯޓުވީ 15:11ގައި ކަމަށް ވިދާޅުވެފައިވެއެވެ.

މިއަދު ހުޅުމާލޭ އިސްކޫލެއްގައި ކީ-ސްޓޭޖް 1ގެ ދަރިވަރަކު އިސްކޫލު ގަޑީގައި، މުދައްރިސުން ބޭނުންކުރާ ގޭޓުން ނުކުމެގެން... Posted by Ismail Shafeeu on Wednesday, April 30, 2025

އެއާއެކު، ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު މިނިސްޓްރީއާއި ސްކޫލުން ކުރި މަސައްކަތުން، 15:31ގައި އެ ދަރިވަރު ހޯދާފައިވާ ކަމަށާއި، އެ ދަރިވަރަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ.

''މިނިސްޓްރީގެ ކަމާގުޅުންހުރި ޑިޕާޓުމެންޓުތަކުގެ ސަމާލުކަމަށް މިކަން އައިސް އަޅުގަނޑާ ހަމައަށް މިކަން ރިޕޯޓުވީ 15:11ގައި. މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީއާއި އިސްކޫލުން ކުރި މަސައްކަތުން 15:31ގައި ދަރިވަރު ވަނީ ހޯދިފައި. ﷲގެ ރަހުމަތުން އެއްވެސް ގެއްލުމުއް ލިބިފައިނެތް'' މިނިސްޓަރ އިސްމާއީލް ޝަފީއު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަދަ ކަމެއް ހިނގުމުން، އެ ކަމެއް ނުފޮރުވައި، ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ. ''އަޅުގަނޑު މިވާހަކަ މިދަންނަވާލީ 2 ބޭނުމެއްގައި. އެންމެ ފުރަތަމަ ކަމަކީ މިފަދަ ކަމެއް ހިނގީމާ، އެކަމެއް ނުފޮރުވާ ނިޒާމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން ފާހަގަކުރުން. އަދި، މި ސްކޫލުގައި، މުދައްރިސުން ބޭނުންކުރާ ގޭޓަކީ ތަޅުލެވިފައިވާ ނުވަތަ ފާރަވެރިއަކު ހުންނަންޖެހޭގޮތަށް ނިންމާފައިވާ ގޭޓަކަށް ވީހިނދު، ދަރިވަރަށް ގޭޓުން ނުކުމެވުނީ ކީއްވެގެންތޯ ދެނެގަނެ އެފަދަ ކަމެއް ތަކުރާރު ނުވާނެފަދަ ގޮތަށް ފިޔަވަޅުއަޅާނެ ކަމުގެ ޔަގީންކަން ސްކޫލުގެ އެންމެހާ މަސްލަހަތުވެރިންނަށް ދިނުން''ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު