Monday, November 2
ބެޑްމިންޓަން އެސޯސިއޭޝަންގެ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން ނަގައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެ، އިންތިޚާބު ނުބޭއްވި އެއް އަހަރަށްވުރެ ގިނަ ދުވަސްވުމާއެކު، އެ އެސޯސިއޭޝަންގެ ޤައުމީ ޙައިސިއްޔަތު ވަގުތީގޮތުން ނަގައިފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން މިކަން އިޢުލާން ކުރުމުގައި ބުނެފައިވަނީ، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު 2024 މާރިޗް 11 ގައި ހަމަވެފައިވާއިރު، ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެނެވިފައި ނުވާތީ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާ އެކުގައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، "ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ އެއްވެސް މެންބަރަކަށް މިއަދުން ފެށިގެން އެސޯސިއޭޝަންގެ ނަމުގައި އެއްވެސް މުޢާމަލާތެއް ކުރުން މަނާވާނެ" ކަމަށެވެ. އަދި އެފަދަ މުޢާމަލާތެއް ކުރިކަމުގައި ވިޔަސް އެއީ ޞައްޙަ މުޢާމަލާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް ވަނީ އަންގާފައެވެ.

އެހެންނަމަވެސް، މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، އެސޯސިއޭޝަންގެ މައްސަލަތައް ޙައްލުކޮށް އަލުން އިންތިޚާބު ބޭއްވުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލާ، 45 ދުވަހުގެ ތެރޭގައި އަލުން އިންތިޚާބު ބާއްވައި، އައު ހިންގާ ކޮމިޓީއަކާ އެސޯސިއޭޝަން ހަވާލުކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު