Saturday, October 31
ވަޒީރު ޑރ. ޝަހީމް އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަނީ
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދާލަތު ޕާޓީ (އޭޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ. ވަޒީރު ވަނީ މިކަން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވައިފައެވެ. "އެޕާޓީގެ ސީނިއަރ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ޚިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމައިފީން"، ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. ޑރ. ޝަހީމް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓްގައި އިސްލާމިކް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވައިފައެވެ. ޑރ. ވަޒީރު އަލުން އެނބުރި އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާކަން އިޢުލާންކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެމަނިކުފާނުގެ ނިންމުމަށް މަރުޙަބާ ކިޔަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު