Monday, November 2
ދިއްގަރު ބޭރުގައި ސްޕޯޓްސް ފިޝިންގއަށް ހާއްސަ ކަނދުފައްޗެއް އަޅައިފި

ފިޝަރީޒް މިނިސްޓްރީގެ ޓީމުން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރަމުންދާ ދަތުރުގައި، މިއަދު މުލަކު އަތޮޅު ދިއްގަރު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފިއެވެ. މި ކަނދުފަތި އަޅާފައިވަނީ ދިއްގަރު އިރުއުތުރުން 6 މޭލު ބޭރުގައި ކަމަށާއި، މި ކަނދުފަތީގެ ނަންބަރަކީ J10V01 ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިއީ މުލަކު އަތޮޅުގައި އަޅާފައިވާ ދެވަނަ ވަދު ކަނދުފައްޗެވެ. މީގެ ކުރިން އެޅި ވަދު ކަނދުފަތި އަޅާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު، އެ އަތޮޅު ވޭވަށުގެ އިރުން 4.05 މޭލު ބޭރުގައެވެ.

ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. މި ކަނދުފަތިތައް ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާ ތަފާތުކޮށް، ރީނދޫ ކުލައިގައި، ފަސޭހައިން ފާހަގަކުރެވޭ ގޮތަށެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާގެ މަޢުލޫމާތު ދެއްވާ ގޮތުގައި، މިވަގުތު ރާއްޖޭގައި ވަނީ ދޮށީގެ މަސްވެރިކަމަށް 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް 26 ކަނދުފަތި އަޅައިފައެވެ. މި ކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާ ދެމެދުގެ ދުރުމިނުގައެވެ.

މިހާރު ރާއްޖޭގައި ހުރީ ކަނދުފަތި ގާއިމްކުރާ އެންމެ ސެންޓަރެއް ކަމަށްވާ ހުޅުމާލޭގައި ހުންނަ ސެންޓަރެވެ. ނަމަވެސް، މި ޚިދުމަތަށް އޮތް ޑިމާންޑްގެ ބޮޑުކަމާއެކު، ސަރުކާރުން ވަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި އިތުރު ދެ ސެންޓަރު ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު