Friday, November 13
މިއޮޓް ރީހެބް ސެންޓަރު ހުޅުވައިފި
ޗެންނާއިގެ މިއޮޓް އިންޓަނޭޝަނަލް  ރާއްޖޭގައި  '"މިއޮޓް ރީހެބް ސެންޓަރު"' މިއަދު ހުޅުވައިފި އެވެ. މިއޮޓް ރީހެބް ސެންޓަރު ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އެއަށްފަހު މިނިސްޓަރ ވަނީ އެތަނަށް ވަޑައިގެން އެތަނުގެ ވަސީލަތްތައް ބައްލަވާލައްވާފަ އެވެ. މިއީ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ރީހެބިލިޓޭޝަން ހިދުމަތް ހޯދޭނެ މަގުފަހިކޮށްދިނުމަށްޓަކައި ހުޅުވި ތަނެކެވެ. މި ސެންޓަރުން ނިއުރޯ، ކާޑިއޯޕަލްމިނަރީ، އޮތޮޕެޑިކް، ޓްރޯމާ، އަދި ކެންސަރު ފަދަ ބަލިތަކަށް ރީހެބިލިޓޭޝަން ފަރުވާ ލިބެން ހުންނާނެއެވެ. އަދި ފަރުވާތައް ކުރިއަށް ގެންދާނީ އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުންނެވެ. މީގެއިތުރުން، މިއޮޓް ނެކްސްޓް-ޖެން ޓެލެމެޑިސިން ޚިދުމަތުގެ ދަށުން، މިއޮޓް ހޮސްޕިޓަލުގެ ސުޕަރ ސްޕެޝަލިސްޓުންގެ ލަފާ ވަގުތުން ހޯދޭނެ ގޮތް ވެސް ހަމަޖެހިގެންދާނެއެވެ. މިއީ މިދިޔަ ފަސް އަހަރު ދުވަހު މިއޮޓް ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމުގެ އިތުރު ފިޔަވަޅެކެވެ. މިއޮޓް ރީހެބް ސެންޓަރު ހުންނާނީ ދަރުމަވަންތަމަގު، ގ. މޫނިމާގެ ފުރަތަމަ ފަންގިފިލާގަ އެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު