Friday, November 13
ދަރިވަރުންނަށް އަވަހަށް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހާއްސަ ޕޯޓަލެއް ގާއިމުކުރަނީ

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އަވަހަށް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަރިވަރުންގެ މައުލޫމާތު ބަލަހައްޓާ ހާއްސަ ޕޯޓަލެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުން މިނިސްޓްރީއަށް ފޮނުވާ މެއިލުތަކާއި ސިޓީތަކަށް މިނިސްޓްރީން ޖަވާބުދިނުން ލަސްވުމާ ގުޅިގެން ބެލެނިވެރިންނާއި ދަރިވަރުން ކަންބޮޑުވުން ފާޅުކުރާތީ އެ މައްސަލަ ކުރިމަތިވާ ސަބަބާއި އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ އޮކްޓޯބަރު މަހުގައި މި ޕޯޓަލް ގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ އެ މިނިސްޓްރީން ހިދުމަތް ދޭ ދަރިވަރުންގެ އަދަދު އިތުރުވުމަކީ ޖަވާބުދިނުން ލަސްވުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީގެ ސްކޮލާޝިޕް ސެކްޝަނާއި، ލޯނު ސެކްޝަނުގެ އިތުރަށް ސަރުކާރުން ހިންގާ ހިލޭ ޑިގްރީ ޕްރޮގުރާމު ބަލަހައްޓާ ސެކްޝަނަށް ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ އީމެއިލާއި ސިޓީ ލިބޭކަމަށެވެ.

މިނިސްޓްރީން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ދަރިވަރުންނަށް ފައިސާ ދޫކުރުމަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނިމުނު އަހަރު އޭގެ ކުރީގެ އެހެން އެއްވެސް އަހަރެއްގައި ދޫނުކުރާ އަދަދަށް 1.5 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރިވަރުންނަށް ދޫކުރެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު