Saturday, October 31
ކުރީގެ ރައީސް ޞާލިޙް މަޑުލު ވަޙީދުގެ ތައުޒިޔާގެ ދަފްތަރުގައި ލިޔުއްވައިފި
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަލްމަރްޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ލިޔުއްވައިފިއެވެ. ދިވެހިބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ހަނދާނުގައި ބާއްވާ ތަޢުޒިޔާގެ ދަފްތަރު ހުޅުވާލީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހު އެވެ. މިއަދަކީ މި ދަފްތަރުގައި ލިޔުމުގެ އެންމެ ފަހު ދުވަހެވެ. މިގޮތުން މިއަދު މެންދުރުފަހު 1:30 އާ ހަމައަށް ދަފްތަރުގައި ސޮއިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މި މަހުގެ 13 ވަނަ ދުވަހު އަވަހާރަވި މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެކެޑަމީގެ މުޝީރެކެވެ. އެ މަނިކުފާނަކީ 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާއަށް މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މަޑުލު މުޙައްމަދު ވަޙީދުގެ އަގުހުރި ޚިދުމަތްތަކަށް ބައްލަވައި، 2019 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވިއެވެ. މީގެއިތުރުން، 2018 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަމާއި، ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރުމަތިން ހާސިލުކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު