މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 09:00 އިން 15:00 އަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ދެކުނާއި ހުޅަނގުދެކުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ރާޅުގެ އުސްމިނުގައި 1-3 ފޫޓު ހުންނާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މި ލިޔުން ކިޔާލުމުން