މާފަންނު އަލުވިމާގެއާގޭ ދިރިއުޅެމުން ދިޔަ މަރުހޫމު މުޙައްމަދު ޙިސާމް (40 އަހަރު) ގެ ހަށިގަނޑު މިއަދު އާއިލާއާ ޙަވާލުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މާފަންނު އަލުވިމާގެއާގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ހިސާމްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުރަތަމަ ފުލުހުންނަށް ރިޕޯޓުކުރެވުނީ 22 އޭޕްރިލް 2025 ވަނަ ދުވަހުގެ ހަވީރު 4:40 ހާއިރު ކަމަށެވެ. އަދި އޭގެފަހުން، މި މައްސަލައާ ގުޅިގެން ތަޙްޤީޤު ކުރިއަށް ގެންދިޔަކަމަށާއި މީގެ ތެރޭގައި ޕޯސްޓް މޯޓަމް ހެދުމާއި، އާއިލާއާ މަޝްވަރާކުރުން ހިމެނެއެވެ.
އިތުރަށް ފުލުހުން މަޢުލޫމާތު ދިންގޮތުގައި، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްފަހު، 28 އޭޕްރިލް 2025 ވަނަ ދުވަހު މޯޗަރީން ހަށިގަނޑު ނެރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފުލުހުންނަށް އަންގާފައިވެއެވެ. އަދި އާއިލާގެ އެދުމުގެ މަތިން، މިއަދު 29 އޭޕްރިލް 2025 ވަނަ ދުވަހު މުޙައްމަދު ޙިސާމްގެ ހަށިގަނޑު އާއިލާއާ ޙަވާލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެެވެ.
މި ލިޔުން ކިޔާލުމުން