Monday, November 2
ޕެންޝަން އޮފީހުގެ ބޯޑަށް ޗެއާޕާސަނަކު ހޯދަން އިއުލާން ކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް އަލުން މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ. މިހާރުގެ ޗެއާޕާސަންގެ ދައުރު އަންނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް ބުނެފައިވެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބަލައި ޔަގީން ކުރާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ޗެއާޕާސަން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިބްރާހީމްއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގެ ތަޖުރިބާ ހުރުން ހިމެނެއެވެ.

މި މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޖޫން މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުއްވަން ޖެހޭނެއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓާރމްސް އޮފް ރެފަރަންސް އެ އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު