Saturday, October 31
ފުލެޓު މައްސަލައިގައި އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާޠިލްކޮށްފި

ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު ހައިކޯޓުން މިއަދު ބާޠިލްކޮށްފައެވެ.

އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިމާއި ފުލެޓު ދޫކުރުމުގެ މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަޙުޤީޤަށް، ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން އަމުރުކުރީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ އަމުރު ބާޠިލްކޮށް އަކްރަމްގެ ޕާސްޕޯޓު ދޫކޮށްލަން އަމުރުކޮށްފައެވެ.

އަކްރަމްގެ އިތުރުންވެސް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިމާއި ފުލެޓު ދޫކުރުމުގައި އިސްކޮށް އުޅުއްވި ކުރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުން މުޙައްމަދު ޢާރިފާއި ލިރުގާމް ވަޙީދު އަދި އެ މިނިސްޓްރީގެ މިހާރުގެ ޑިރެކްޓަރ ޖެނެރަލް، އަޙްމަދު ވިޝާން ނަސީމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

މީގެތެރެއިން މުޙައްމަދު ޢާރިފްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރުވެސް މިއަދު ވަނީ ބާޠިލްކޮށްފައެވެ.

ބިންވެރިޔާ ސްކީމުން ބޭރުން ގޯތި ދިން މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގުޅިގެން ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު