Friday, November 13
ފޮރިން އިންވެސްޓްމަންޓް ގާނޫނުން ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ހިމާޔަތް ލިބޭނެ: ސައީދު

ފޮރިން އިންވެސްޓްމަންޓާ ބެހޭ ޤާނޫނުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ޙިމާޔަތް ލިބި، ހާމަކަން ބޮޑު ގޮތެއްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖެ-މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.މީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ފޯރަމްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މެލޭޝިޔާގެ އިންވެސްޓްމަންޓް، ވިޔަފާރި އަދި ޞިނާޢަތުގެ ވަޒީރު ޓެންގްކު ޒަފްރުލް ޓެންގްކު ޢަބްދުލް ޢަޒީޒު އާއި މެލޭޝިޔާގެ ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް ޑާޓޯ ސެރީ އެން. ގޯބަލަކްރިޝްނަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޓެންކޫ ޒަފްރޫ ޢަބްދުލްޢަޒީޒް ވަނީ މިއީ ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފޯރަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިކޮނޮމިކް މިނިސްޓަރ ވަނީ މެލޭޝިއާގެ އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ އާއި ވެސް ބައްދަލުކުރައްވާފައެވެ.މި ބައްދަލުވުމުގައި ވަނީ ދެގައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ގެ ފުރުޞަތު ތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު