ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި ފެނިފައިވާ ކަމަށާއި، އޭގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.
2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވަނީ "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ގެއްލުނުއިރު ދޯނީގައި ތިބީ 5 މީހުން ކަމަށާއި، އެއީ 3 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ގައްދޫ ޕޮލިސް ސްޓޭޝަނަށް އިއްޔެ ހަވީރު 6:00 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން ރީޖަން ކޮމާންޑާ މަޢުލޫމާތު ހިއްސާކޮށްގެން ދޯނި ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މިގޮތުމި ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާކަމަށް ކޯސްޓް ގާޑުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދޯނި ވަނީ އިންޖީނު ހުއްޓިފައި ކަމަށާއި، ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން