އިންޑިއާގެ މިއޮޓް އިންޓަނޭޝަނަލް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރީހެބިލިޓޭޝަން ފަރުވާ ދޭ ސެންޓަރެއް ހުޅުވުމަށް ނިންމައިފިއެވެ.
މި ސެންޓަރު ހުޅުވުމަށް ހަމަޖެހިފައިވަނީ ގ. މޫނިމާގޭގައި އަންނަ ބުދަ ދުވަހުއެވެ.
މިއޮޓް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިތީވް މެހެންދަސް ވިދާޅުވި ގޮތުގައި، "ފާއިތުވި 10 އަހަރު ތެރޭގައި މިއޮޓް ހޮސްޕިޓަލަށް ދިވެހިންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ލިބިފައި. މި ސެންޓަރު ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ޗެންނާއީގައި ހުންނަ މިއޮޓް ހޮސްޕިޓަލުން ރިހެބިލިޓޭޝަން ފަރުވާ ހޯދަންދާ ދިވެހިންނަށް ރާއްޖޭގައި ތިބެގެން ބޭނުންވާ ފަރުވާ ހޯދޭނެ ގޮތް ހަމަޖައްސައިދިނުން."
މި ސެންޓަރުން ނިއުރޯ، ކާޑިއޯޕަލްމިނަރީ، އޮތޮޕެޑިކް، ޓްރޯމާ، އަދި ކެންސަރު ފަދަ ބަލިތަކަށް ރީހެބިލިޓޭޝަން ފަރުވާ ލިބެން ހުންނާނެއެވެ. އަދި ފަރުވާތައް ކުރިއަށް ގެންދާނީ އެކި ދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.
މީގެއިތުރުން، މިއޮޓް ނެކްސްޓް-ޖެން ތެލެމެޑިސިން ޚިދުމަތުގެ ދަށުން، މިއޮޓް ހޮސްޕިޓަލުގެ ސުޕަރ ސްޕެޝަލިސްޓުންގެ ލަފާ ވަގުތުން ހޯދޭނެ ގޮތް ވެސް ހަމަޖެހިގެންދާނެއެވެ. މިއީ މިދިޔަ ފަސް އަހަރު ދުވަހު މިއޮޓް ހޮސްޕިޓަލުން ރާއްޖޭގެ ސިއްހީ ދާއިރާއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމުގެ އިތުރު ފިޔަވަޅެކެވެ.
1999 ވަނަ އަހަރު މެޑްރާސް އިންސްޓިޓިއުޓް އޮފް އޯތޮޕެޑިކް އެންޑް ޓްރޮމަޓޮލޮޖީ (އެމް.އައި.އޯ.ޓީ) ގެ ނަމުގައި 70 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ފެށުނު މިއޮޓް ހޮސްޕިޓަލުން، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުން މާލޭގެ ކްލިނިކްތަކުގައި ތަފާތު ފަހަރު މަތިން ޚިދުމަތް ދީފައިވެއެވެ.
މި ލިޔުން ކިޔާލުމުން