Monday, November 2
ޔުމްނުއަށް އިންސާފު ހޯދައިދޭން ޒުވާނުން ކުރަމުންދާ މުޒާހަރާ މިރޭ ވެސް ފަށައިފި

ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާ މިރޭވެސް ކުރިއަށްގެންދަން ފަށައިފިއެވެ.

"ދުލެއް ނުކުރާނަން" ގެ ނަމުގައި ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ކައިރީގައި ކުރަމުންދާ މި މުޒާހަރާގެ މިއަދަކީ ފަސްވަނަ ދުވަހެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފައެވެ. މި ޑިމާންޑުތަކުގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވާލުން ހިމެނެއެވެ. މިހާތަނަށް މި ޑިމާންޑުތަކުގެ ތެރެއިން ފުއްދާފައިވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއުގެ އިސްތިއުފާ އާއި ޔުމްނުގެ މައްެ މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ މި މައްސަލައިގައި ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި، ތުހުމަތުކުރެވޭ އެންމެން ހައްޔަރުކޮށް ދަޢުވާކުރުމަށް ގޮވާލާފައެވެ. އަދި ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ސާފުކޮށްދިނުމަށާއި، ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުމަށްވެސް ވަނީ އެދިފައެވެ. މީގެ އިތުރުން، ދޮގު މަޢުލޫމާތު ދިނުމާ ގުޅިގެން ފުލުހުން މަޢާފަށް އެދުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މައްސަލައިގައި އަވަސް ތަހުގީގެއް ކުރިއަށް ގެންދިއުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު