Monday, November 2
ރާއްޖޭގެ ގިނަ އަދަދެއްގެ މަންދޫބުންނާއެކު އަރަބިއަން ޓްރެވެލް މާކެޓް ފަށައިފި

ރާއްޖޭގެ 110 ކުންފުންޏެއްގެ 235 މަންދޫބުންނާއިއެކު މިއަދު ދުބާއީގައި އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ފެއަރ ފަށައިފިއެވެ. މިއަހަރުގެ ފެއަރ ކުރިއަށްދާނީ މިމަހުގެ 28 އިން މޭ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއަރގައި ރާއްޖެ ބައިވެރިވަނީ ފްލެގްޝިޕް ޤައުމެއްގެ ގޮތުގައެވެ. ފެއަރގެ ތެރެއިން ގިނަ ބައްދަލުވުންތަކެއް ބޭއްވުމަށާއި އެކި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަ�ެހިފައެވެ.

މި ފެއަރގައި ރާއްޖެ ތަމްސީލުކުރައްވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް އެވެ. އަދި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އިބްރާހިމް ޝިއުރީ އާއި އެ ކުންފުނީގެ އިސް ފަރާތްތައްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭޓީއެމް ފެއަރ ފެށުނީ ރާއްޖެ ގަޑިން މެންދުރު 12:00 ގައެވެ. ފެއަރ ހުޅުވުމާ ގުޅިގެން އެމިރޭޓްސް އެއަރލައިންގެ ޗެއަރމަން ޝެއިޚް އަހުމަދު ބިން ސަޢީދު އަލް މަޚްތޫމް ވަނީ ރާއްޖޭގެ ޕެވިލިއަނަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ ވަޒީރު ޠާރިޤު އިބްރާހިމްއެވެ.

މިއަހަރުގެ ފެއަރގެ ތެރެއިން ފުރަތަމަ ފަހަރަށް "މޯލްޑިވިއަން އީވްނިންގ" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ތެރެއިން ދިވެހި ފަންނުވެރިންގެ ހުނަރު ދައްކާލުމާއި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު