Monday, November 2
ސްކޭމްކޮށްގެން ފައިސާ ހޯދަމުންދިޔަ ފޭސްބުކް އެކައުންޓެއް ފުލުހުން ފަޅާއަރުވައިފި

އޮޅުވާލައިގެން ފައިސާ ހޯދަމުންދިޔަ ފޭސްބުކް އެކައުންޓެއް ފުލުހުން ފަޅާއަރުވައިފިއެވެ،

ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދަމުންދިޔަ އެކައުންޓެއް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ފަޅާއަރުވާލާފައެވެ. މި އެކައުންޓުން ވަނީ ބަލިމީހަކު އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާ ކަމަށް ދައްކައި، އާންމުންގެ އަތުން ފައިސާ ހޯދަން މަސައްކަތް ކޮށްފައެވެ.

މި އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، ބަލިމީހާގެ ހާލު ދެރަވެ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި "އެ ހޮސްޕިޓަލުން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، ޓްރެވިންޑްރަމްގެ ކެންސަރު ހޮސްޕިޓަލަށް ބަދަލުކުރަން ޖެހިފައިވާ" ކަމަށް ބުނެ، އެކަމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބުނެ އެހީއަށް އެދިފައިވެއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ މި އެކައުންޓުން ކޮށްފައިވާ އިތުރު ޕޯސްޓުތަކެއްވެސް އާންމުކޮށްފައެވެ. އަދި މި ޕޯސްޓުތައް ރިމޫވްކުރުމުގެ މަސައްކަތް ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރަމުންދާ ކަމަށް އެ ސެންޓަރުން މަޢުލޫމާތު ދީފައިވެއެވެ.

މިފަދަ ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީ، އާންމުން މިކަމަށް ސަމާލުވުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރަމުން ދެއެވެ. އަދި މި އެކައުންޓަކީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ އެކައުންޓެއްކަން ކަށަވަރުވެފައިވާ ކަމަށް ސްކޭމް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު